މާމިގިލީ ޕޮލިސް ސްޓޭޝަނުން ފުލުހުން ބޭރުކުރަނީ
މާމިގިލީ ކައުންސިލްގެ ރައީސް "ވަގުތަށް" ވިދާޅުވީ ފުލުހުން ޤާނޫނާއި ހިލާފަށް އަމަލުކުރަމުން ދާތީ ރައްޔިތުން ބޭނުންވަނީ މާމިގިލީ ކައުންސިލް އިން ޕޮލިސް ސްޓޭޝަން ހިންގަން ދީފައި ހުރި އިމާރާތް ކައުންސިލަށް ނަގާ ފުލުހުން އެތަނުން ބޭރު ކުރަން ކަމަށެވެ.
ތަކުރާރުކޮށް ކައުންސިލްގެ ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވާ ގޮތައް ކައުންސިލުން ނިންމާނެ ކަމަށެވެ.
"ވަގުތަށް" މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ކައުންސިލް އިން ވަނީ ޤަރާރު ފާސްކޮށްފައެވެ. ނަމަވެސް އަދި ޤަރާރު ނުނެރެވަނީ އިދާރީ ގޮތުން ބައެއް ކަންތައްތައް ހަމަނުޖެހޭތީއެވެ.
No comments